އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން، އެސްޓީއޯ ކޮންސްޓްރަކްޝަންސް ރޯދަ ސޭލް ރަސްމީކޮށް ފަށައިފިއެވެ.
އެސްޓީއޯއިން ބުނިގޮތުގައި، މި އަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ ވެލިގާ ހާޑްވެއަރއާ ގުޅިގެންނެވެ.
މި ޕްރޮމޯޝަން ފެށުމަށް ބޭއްވި ހާއްސަ ހަފްލާ އޮތީ 21 ޖެނުއަރީ 2026 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ އިން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެއެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، މަކިޓާގެ ބައެއް ޓޫލްސްތަކުން %70 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

ވެލިގާ ހާޑްވެއަރއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކާ ނިޕޯން ޕެއިންޓްގެ އުފެއްދުންތަކުންވެސް ޑިސްކައުންޓް ލިބޭނެއެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. މި ކޫޕަންތަކުގެ މެދުގައި ނެގޭ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ:
- 1 ވަނަ އިނާމު: 50,000 ރުފިޔާގެ ވައުޗަރެއް
- 2 ވަނަ އިނާމު: 20,000 ރުފިޔާގެ ވައުޗަރެއް
- 3 ވަނަ އިނާމު: ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ އަމީނީމަގު ފިހާރަ، މާލެ މަކިޓާ ޝޯރޫމް، ހުޅުމާލެ ކޮންސްޓްރަކްޝަންސް ޝޯރޫމްގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ވެލިގާ ހާޑްވެއަރ އައުޓްލެޓްތަކުގައެވެ. މީގެ އިތުރުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށްވެސް މި ޑިސްކައުންޓްތަކާއި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 22 ޖެނުއަރީ 2026 އިން ފެށިގެން 26 މާރިޗު 2026 ގެ ނިޔަލަށެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ޕްރޮމޯޝަންތަކުގެ މަގްސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުމެވެ.





