ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭ އަވައްޓެރި ފުލުހުން އިސްނަގައިގެން ސްކޭމް އެވެއާނަސް ރޯޑް ޝޯވ އެއް ކުރިޔަށް ގެންގޮސްފި އެވެ.
މި މަހު 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގިނައިން މީހުން އެއްވެއުޅޭ ސަރަހައްދުތަކުގައި މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމުގެ ތަފާތު އެކި މެސެޖުތައް ދީ، މައުލޫމާތު ހިމެނޭ ބެޖު، ލީފްލެޓް، ކާޑު އަދި ފުލުހުންގެ ކަލަންޑަރު ހަދިޔާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
”މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށް ވުމާއެކު މި ދުވަސްވަހު ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވޭ.“ ފުލުހުން ބުނެފައި ވެއެވެ.
ހުޅުމާލޭ ފޭސް 1 އަދި 2 ގެ އަވައްޓެރި ފުލުހުންނާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.




