ކުރިއަށް އޮތް ރަމަޟާން މަހު، ސްކޫލްތަކުގައި ކިޔަވައިދިނުން އޮންނާނީ ހަމައެކަނި ފުރަތަމަ ހަފުތާގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން އިއްޔެ އާންމުކުރި އާ އެކެޑެމިކް ކަލަންޑަރުގައެވެ.
މި މަހުގެ 27 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އާންމުކުރި ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ހަފުތާއަށް ފަހު ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާނެއެވެ. އަދި މެދުކަނޑާލުމަށްފަހު އަލުން ކިޔެވުން ފަށާނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެހެންކަމުން ދަރިވަރުންނަށް ރޯދަ މަހުގެ ބޮޑު ބައެއް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބިގެންދާނެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ދިރާސީ އާ އަހަރު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.




