ދ. ހުޅުދެލި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައި ލެބޯޓްރީގެ ޚިދުމަތް ފަށައި ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހުޅުދެލި ޞިއްޙީ މަރުކަޒުގައި އެ ޚިދުމަތްތައް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މިއަދު އިފްތިތާހުކުރެވުނު ޚިދުމަތްތަކަކީ ހުޅުދެލި ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ.
އެ ހިދުމަތްތައް ތައާރަފުކުރެވުމުގެ ސަބަބުން ހުޅުދެލި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މީގެ ކުރިން ދަތުރުކުރަން ޖެހުނު ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިއަދަކީ ހުޅުދެއްޔަށް ވަރަށް އުފާވެރި ދުވަހެއް. އެއް ދުވަހެއްގެ ތެރޭގައި ތިން ޚިދުމަތެއް އިފްތިތާހުވެގެން މިދިޔައީ.“ މިނިސްޓަރު ވިދާޅުވިއެވެ.



