ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ.
ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރަސްމީކޮށް އެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށު ރައްޔިތުން ބައިވެރިވިއެވެ.
ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ޑަޔަލިސިސް ސެންޓަރުން އެއްފަހަރާ 3 މީހުންނަށް ފަރުވާ ދެވޭނެއެވެ.
މިއީ ދ. އަތޮޅުގެ ރަށްރަށުން ޚިދުމަތް ހޯދާ ރަށްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.
ޑަޔަލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ހަށިގަނޑުގައި ލޭ ސާފުކުރުމަށް ފޯރުކޮށްދޭ ޚިދުމަތެކެވެ.



