ފަލަސްތީނުގެ ބިންތައް އަލުން އާރާސްތުކުރުމަށް އެމެރިކާއިން ރާވާފައިވާ ”ނިއު ޣައްޒާ“ ގެ ޕްލޭންތައް ހާމަކޮށްފި އެވެ.
ނިއު ޣައްޒާގެ ޕްލޭންތައް އެމެރިކާއިން ހާމަކޮށްފައި ވަނީ ސްވިޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައެވެ.
އެ ފޯރަމްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ބޯޑް އޮފް ޕީސްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.
އެ ފޯރަމްގައި އެމެރިކާއިން ޣައްޒާ އަލުން އާރާސްތު ކުރުމަށް ހުށަހެޅި ”ނިއު ޣައްޒާ“ ޕްލޭންތަކާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ވަނީ ދައްކާލާފައެވެ.
ސްވިޒަލޭންޑްގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ބޯޑް އޮފް ޕީސްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ދެއްކި ނިއު ޣައްޒާ ޕްލޭންގެ ސްލައިޑްތަކުން ޣައްޒާގައި އިމާރާތްކުރަން ހަމަޖެހިފައިވާ އުސް އިމާރާތްތައް ވަނީ ދައްކާލާފައެވެ.
މިގޮތުން އެ ޕްރެޒެންޓޭޝަނުގައި ރަފާހް ސަރަހައްދުގައި ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއުތަކާއި، 2.1 މިލިއަން މީހުންގެ އާބާދީއަށް އާ ރެސިޑެންޝަލް އަދި ދަނޑުވެރިކަމާއި އިންޑަސްޓްރިއަލް ޒޯންތައް ތަރައްގީ ކުރާ ގޮތް ދައްކުވައިދޭ މެޕެއް ވެސް ވަނީ ދައްކާލާފައެވެ.



