ނަމާދަށް ކުޑައިމިސްވާގޮތަށް ”އަދަދު“ ނޫހުން ނެރުނު ކާޓޫނަކަށް ގިނަ ބައެއް ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
”ސިޔާސީ ކާޓޫން ވޮލިއުމް 22“ ގެ ނަމުގައި އަދަދު ނޫހުން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ މި ކާޓޫނުން ފެންނަނީ ނަމާދުގެ ސަޖިދައިގައި އޮތް މީހެއްގެ ޖީބަށް، ރައީސް ޑރ. މުއިއްޒު އާއި ވަށްތަރުކޮށް ކުރަހާފައިވާ މީހަކު ފައިސާތަކެއް ލާ މަންޒަރެވެ.
އަދަދު ނޫހުން ޕޯސްޓުކުރި މި ކާޓޫނަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔާ، ނުރުހުން ފާޅު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ސަޖިދަ ރަމްޒުވާ ގޮތަށް ކުރެހުން ކުރަހާ، އަޅުކަމަށް ކުރަން ޖެހޭ އިހުތިރާމު ގެއްލޭފަދަ ގޮތަކަށް ކާޓޫން ކުރެހުމަކީ ވަރަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިއީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށާއި، މި މައްސަލައިގައި އަދަދު ނޫސް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލަ މިހާރު ބްރޯޑްކޮމް އިން ވަނީ ތަހުޤީގު ކުރަން ފަށާފައެވެ. އެ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި 27 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑ ބްރޯޑްކާސްޓިން ކޮމިޝަންގެ ރެގިއުލޭޝަން) ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) އާއި 30 ވަނަ މާއްދާގެ (ހ) އަދި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ 2 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް އަދަދު ނޫހުން ކޮންޓެންޓެއް ޝާއިއު ކޮށްފައިވާތީ އެ މައްސަލަ އެ ކޮމިޝަނުން ބަލަމުން ދާ ކަމަށެވެ.
އަދި އެ ކޮމިޝަނުން ބުނީ އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ނަމާދުގެ ރުކުނެއް ކަމުގައިވާ ސަޖިދަ، މަކަރާއި ހީލަތާ ގުޅުވޭހެން ދޭހަވާގޮތަކަށް ހަދާފައިވާ މި ކާޓޫނަކީ އިސްލާމްދީނުގެ އަސާސްތަކަށް ފުށުއަރާކަމަށް ތުހުމަތު ކުރެވޭ ކޮންޓެންޓެއް ކަމަށެވެ.
އަދި މި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް 5 ދުވަސް ތެރޭގައި ޖަވާބުދާރީ ވުމަށް އަދަދު ނޫހަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ. މީގެ އިތުރުން މި މައްސަލަ ބަލައި ނިމެންދެން އެ ކާޓޫނު ވަގުތުން ނެގުމަށްވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.





4 Comments
އަދަދު ނޫހަކީ ދީނަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ފްރާންސްގެ ޗާލީ އެބްދޫ ކަހަލަ ފިޔާޒްގެ ދޮން މަސައްކަތެއް.
އަދިވެސް ދައުލަތުގެ ބަޖެޓުން ރުފިޔާ ދީފަ ބަހައްޓާ.
މީރޭވުމެއް، މީގެ ފަހަތުގައި އެފައިސާނަގާ މީހާވެސް އުޅެދާނެ، ސަބަބު ވަރަށް ސާފު، މިއަދާހަމަޔަށްވެސް މިކަންކުރި މީހާ މިނިވަންކަންމަތީ އެއުޅެނީ، މީ އެއް ފޮތަކުން އެދުރުވި ބައެއްގެ އަމަލެއްގެ ސިފަ ޖަހަނީ.
Rangalhu މސޖ ތިި