ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ މައުލޫމާތު ހޯދާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކޮށްފިއެވެ.
އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް ގުޅަމުންދާ ކަމަށެވެ. މި ފޯނު ކޯލުތަކާއި މެސެޖުތަކުގެ ޒަރީއާއިން އާންމުންގެ މައުލޫމާތު ހޯދަމުންދާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެގޮތުން އެޗްޑީސީން ބުނީ، ހައުސިންގ މަޝްރޫޢުތަކާއި ސޯޝަލް ހައުސިންގ ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބަރ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. އެހެންކަމުން އެފަދަ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުތަކާއި އެޗްޑީސީން ކުރިއަށްގެންދާ އެކި ސްކީމްތަކާ ގުޅުވައިގެން އެކި ފަރާތްތަކުން ސްކޭމްތައް ހިންގައެވެ. މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ޢިލްތިމާސް ކުރެއެވެ. އަދި އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު އެއްވެސް މީހަކާ ޙިއްސާ ނުކުުރުމަށާއި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް ކަމާއި ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރަމުންނެވެ.





1 Comment
ތީ އެތަނުގެ މުއައްޒިފުންގެ ތެރެއިން ބަޔަކު ކުރާނެކަމެއްކަމުގަވާނީކޮންމރ ކަމެއްދިމާވާއިރަށް އެޗްޑީސީން އިން ނޫދްބަޔާނެއްނެރޭނެ ސަމާލުވާން ރަގަޅައްވެއްޖެއްޔާ ތިކަމެއްކުރާނީ އެތަނުގެ އައިޓީ ޑިޕާރޓްނެމްޓުގަ އުޅޭކޮޖްމެވެސް ބަޔަކު