ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް ދޫކުރާ މަސްދަޅު ކޭސް ބަހަން ފަށައިފިއެވެ.
އެންމެ ފުރަތަމަ މަސް ދަޅު ކޭސް ބަހަން ފަށާފައިމިވަނީ މާލެ ސަރަހައްދުގައިއެވެ.
ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސް މުޢިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފައްޓަވާފައިވާއިރު ކޮންމެ ރެޔަކު 8:00 އިން ފެށިގެން 11:00 އަށް މަސް ދަޅު ކޭސް ދޫކުރުން ކުރިއަށްދާނެއެވެ.
– މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
° މިފްކޯ މަރުކަޒު
° ސޯޝަލް ސެންޓަރު
° އެމްޓީސީސީ ސޯމިލު
° ހެންވޭރު ބޯޅަދަނޑު
° ގަލޮޅު ދަނޑު
– ހުޅުމާލެ ފޭސް1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:
° ޢުމަރުޒާހިރު ބިލްޑިން
° ޕޮލްކޯ ޓަވަރ
° މުހައްމަދު ޤާސިމް ޕްރީސްކޫލް
– ހުޅުމާލެ ފޭސް 2ގައި މަސްދަޅުކޭސް ބަހާ ތަންތަން:
° ކާމިލުދީދީ ސްކޫލް
° ހިޔާޓަވަރު 10
° އެމްޕީއެލް ޓަވަރު ޕީ
– ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
° ވެމްކޯސައިޓު
ރޯދަމަހަށް ޚާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހެވެ.



