ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްގެންގޮސް ނިންމާލައިފިއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ 63 ހެކްޓަރުގެ ބިމެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ބޮޑު ޑްރެޖަރު ވަނީ ބޭނުން ކޮށްފައެވެ.
އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ޕްރިންސް ޑަރ ނެދަލޭންޑެން އާއި، ހަމަ އެ ކެޕޭސިޓީގެ އޮރަންޖް އެވެ. މި ދެ ޑްރެޖަރުންވެސް ވަނީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް އެ މަޝްރޫއު ނިންމާފައެވެ.
އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުންތަކުގައި ވިދާޅުވެފައިވަނީ މި މަހުގެ ނިޔަލަށް މަސައްކަތް ނިންމާ، މި މަހުގެ ތެރޭގައި ފޭސް ތިނަކުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެގޮތުން މި މަސައްކަތް ނިމުމާއެކު އެސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


