އިސްރާއީލުން ޣައްޒާގެ އުތުރުގައި ދިން ޑްރޯން ހަމަލާއެއްގައި ލަކުޑި އެއްކުރަމުން ދިޔަ ޣައްޒާގެ ދެ ކުއްޖަކު ޝަހީދުވެއްޖެއެވެ.
އެ ހަމަލާ ދީފައި ވަނީ ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި ލަކުޑި އެއްކުރަމުން ދިޔަ އާންމުންގެ ބަޔަކަށް އަމާޒުކޮށެވެ.
ރިޕޯޓުތައް ބުނާގޮތުން ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި ލަކުޑި އެއްކުރަން އުޅުނު އާންމުންގެ ބަޔަކަށް އިޒްރޭލުން ދިން ޑްރޯން ހަމަލާގައި ޝަހީދުވެފައި ވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުޑަކުދިންނެވެ.
މި ދުވަސްވަރު ޣައްޒާގައި ފިނިހޫނުމިން ރޭގަނޑު 10 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކޮށް ހުރުމުން ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް އެކަމުން ރައްކާތެރިވުމަށް އަލިފާން ރޯކުރުމަށް ކޮންމެހެން ބޭނުންވާ ތެޔޮ، ހޯދަން ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.



