ނުފޫޒު ގަދަ ރޯލުތަކުން މަޝްހޫރުވި ދިވެހި ފިލްމީ ތަރި މުހައްމަދު ނައީމް/ މ. މެދުމާޕެލަސް، ނިޔާވެއްޖެއެވެ.
އުމުރުން 71 އަހަރުގައި ނައީމް ނިޔާވީ ރޭގެ ވަގުތެއްގައެވެ. ނަޢީމްގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާގަ އެވެ.
ނައީމަކީ އެޓޯލްސް މިނިސްޓްރީން އުފެއްދި މަޝްހޫރު ޑްރާމާތަކުގައި ވެސް ތަފާތު އެކި ރޯލްތައް ކުޅެފައިވާ ފަންނާނެކެވެ.
މީގެ އިތުރުން ބައެއް ފިލްމުތަކާއި ޓީވީއެމުން ގެނެސްދިން ބައެއް ޑްރާމާތައް ވެސް ނައީމް ވަނީ ކުޅެފައެވެ.
ނައީމް ބޮޑަށް މަޝްހޫރުވީ ދިވެހި ފިލްމު ”ޒުލެއިހާ“ އަދި ”ދިރިއުޅުމަކީ މިއީބާ“ އިންނެވެ.



