މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން އައި ބިދޭސީ ފިރިހެނަކު އެއާޕޯޓުގެ މުވައްޒަފުންތަކަކަށް ހަމަލާ ދިން މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މީސް މީޑިއާގައި މިހާރު ދައުރު ވަމުންދާ ވީޑިއޯއެއްގައި އެމީހާ އެއާޕޯޓުގެ މުވައްޒަފަކާ އަރާރުން ވުމަށް ފަހު ހަމަލާ ދޭ މަންޒަރު ފެނެއެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރި އިތުރު މުވައްޒަފަކު ކޮއްޕާލާ ބިންމައްޗައް ވައްޓާލާ މަންޒަރުވެސް މި ވީޑިއޯ އިން ފެނެއެވެ.
އެއާޕޯޓު ގައި ހުރި މަންޒަރުދުށް މީހަކު ބުނި ގޮތުގައި އެ މައްސަލަ ފެށުނީ އެމީހާ ގެނައި ލަގެޖު ގެ ކިލޯ ހަމަވެގެން އިތުރަށް 30 ޑޮލަރު ދައްކަން ބުނުމުންނެވެ. އަދި ހަމަލާ ދިނުމުގެ ކުރިންވެސް އެމީހާ ދިޔައީ އެއާޕޯޓުގެ މުވައްޒަފުންނާއި ހަޑި ހުތުރު ބަހުން މުއާމަލާތް ކުރަމުން ކަމަށް މަންޒަރުދުށް ފަރާތަކުން ބުންޔެވެ.
އެނގިފައިވާ ގޮތުގައި އެމީހާ އަކީ އެމެރިކާ އަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.




