ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއްޔެ އިއުލާނުކުރި ޏ. ފުވައްމުލައް، ދޫޑިގަން، ދުންފިނިގެ، އަބްދުލްއަޒީޒު މުހައްމަދު (64އ) ފެނިއްޖެއެވެ.
ފުލުހުން އިއްޔެ ބުނީ މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތްކުރާ ޢަބްދުލްޢަޒީޒު މުޙައްމަދުގެ ޚަބަރެއް އޭނާގެ އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި ޢަބްދުލްޢަޒީޒު މުޙައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
އެކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ ޢަބްދުލްޢަޒީޒު މުޙައްމަދު، އޭނާގެ އާއިލާއަށް އަދި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމާއި ހާލު ރަނގަޅުކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.



