ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ ރިޕޯޓާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ނަމަވެސް، އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ނުވަތަ އޭނާ ނިސްބަތްވާ ގައުމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



