ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން އިއަޔް މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ތިލަފުށީ ވޯކްސަައިޓެއްގައި މަސައްކަތްކުރާ މީހަކު މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.
އަދި އެ މައްސަލަ ބުދަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މީހާ މަރުވެފައި އޮއްވައި ފެނިފައިވާކަމަށްވެސް ފުލުހުން ރޭ ވަނީ ބުނެފައެވެ.
އެ މީހާގެ ހަށިގަނޑު ފެނުނުކަން ހާމަކުރި ނަމަވެސް އެކަމުގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



