މ. މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އާރްޑީސީން ބުނެފިއެވެ.
އާރްޑީސީން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރި ޕޯސްޓުގައި އާރްޑީސީން ބުނީ މުލަކު އެފްއާރްސީގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
އަދި އެ އެފްއާރްސީގެ ހޯލްގައި ފްލޯ ސްލެބްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން ދާކަމަށްވެސް އާރުޑީސީގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
”ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މ. މުލަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ބިން އެއްވަރު ކުރުމާއި މެއިން ހޯލްގައި ފްލޯ ސްލެބްގެ މަސައްކަތް ކުރުމަށް ދަނީ ތައްޔާރުވަމުން.“ އާރްޑީސީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މިއީ އާރްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.



