ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެ ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ނަމަކަށް ކިޔާ ކުންފުންޏާއެވެ.
އަދި އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެންސްފައިވާ ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީއާއެވެ. މީގެން އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން 12 ހެކްޓަރު އަދި ދެވަނަ ފިޔަވަހިން 18 ހެކްޓަރު އަދި 3 ވަނަ ފިޔަވަހީގެ ބައިން 26 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާފައެވެ. އަދި އެ ފަޅުން އިތުރަށް 113 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ގިރާވަރުފަޅުން 4 ސައިޒެއްގެ 4072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



