ކިއުބާއަށް ތެޔޮ ވިއްކާ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން އިތުރު ޓެރިފް ނެގުމަށް އެމެރިކާއިން ނިންމައިފިއެވެ.
ކިއުބާއަށް ތެޔޮ ސަޕްލައިކުރާ ކޮންމެ ގައުމަކުން ޓެރިފް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއި ކުރައްވާ ވަނީ ގަރާރެއް ނެރެފައެވެ.
އެ ގަރާރުގައި ކިއުބާއަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް އާދަޔާ ހިލާފު ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެއެވެ.
އަދި ކިއުބާއަކީ ރަޝިއާ، ޗައިނާ، އީރާން، ހަމާސް، ހިޒްބުالله އަދި އެމެރިކާއާ ދެކޮޅަށް ފާޑުކިޔާ ގައުމުތަކާއި ގުޅިފައިވާ ގައުމެއް ކަމަށް ބުނެފައި ވެއެވެ.
”މި ގަރާރުގެ ދަށުން ސީދާ ގޮތުންނާއި ނުސީދާކޮށް ކިއުބާއަށް ތެޔޮ ވިއްކާ ނުވަތަ އެނޫންވެސް ގޮތްގޮތުން ތެޔޮ ފޯރުކޮށްދޭ ބޭރު ގައުމަކުން އެތެރެކުރާ މުދަލުން އިތުރު އެޑް ވެލޮރަމް ޑިއުޓީއެއް ނެގޭނެ،“ އެ ބަޔާނުގައި ބުނެފައިވެ އެވެ.




