ގިރާވަރުފަޅުން ނުހިއްކާ އޮތް ބައި ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްްއޭސީއެލް) އިން ފަށައިފިއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލް އިން މިއަދު ހިއްކަން ފަށާފައި ވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 22,000 ސީބީއެމްގެ ”އޮރެންޖް“ ނަމަކަށް ކިޔާ ޑްރެޖަރުންނެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަދި އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެންސްފައިވާ ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީއާއެވެ. މީގެން އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން 12 ހެކްޓަރު އަދި ދެވަނަ ފިޔަވަހިން 18 ހެކްޓަރު އަދި 3 ވަނަ ފިޔަވަހީގެ ބައިން 26 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާފައެވެ. އަދި އެ ފަޅުން އިތުރަށް 113 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ގިރާވަރުފަޅުން 4 ސައިޒެއްގެ 4072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



