ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ މައި ފާހާނާ ހޮޅިއަށް ގެއްލުންވެއްޖެއެވެ.
މިކަންހާމަކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިންނެވެ.
އެ އޮތޯރިޓީ އިން ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ ފޭސް 2 ހިޔާ ޓަވަރު 5 ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީއިން ދަނީ އެތަނުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
އަދި އެ ހާދިސާގެ ސަބަބުން އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
”މައި ފާހަނަ ހޮޅިއަށް ގެއްލުން ލިބިފައިވާތީ، ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ކަމަށް އިންސިޑެންޓް ކޮމާންޑަރ މައުލޫމާތު ދެއްވާ.“ އެ އޮތޯރިޓީ އިންް ބުނެފައި ވެއެވެ.
އެ އޮތޯރިޓީން ބުނީ ލިބުނު ގެއްލުންތައް ދެނެގަތުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފާއި ދިވެހި ފުލުހުން، އެޗް.ޑީ.ސީ އަދި އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.




