ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ ހަލީމު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވާފައިމިވަނީ ޕެންޝަން އޮފީހުން ސަރުކާރުން ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން އިގްތިސާދީ ދާއިރާއަށް ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގައެވެ.
އިސްތިއުފާއާ ގުޅޭ ގޮތުން މިހާތަނަށް ސުޖާތާ ވެސް އަދި ޕެންޝަން އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެއެވެ.
ސަރުކާރުން ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ޗެއާޕާސަން އަހުމަދު އިނާޒް ވެސް ވަނީ މި ހަފުތާގައި އިސްތިއުފާ ދެއްފައިފަ އެވެ.
މީގެއިތުރުން އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން އެ އިދާރާގައި މަސައްކަތް ކުރާ ބައެއް އިސް ފައިނޭންސް މުވައްޒަފުން ވެސް މިދިޔަ ދުވަސްތަކުގައި އިސްތިއުފާ ދީފައިވެއެވެ.




