ފާއިތުވީ 2025 ވަނަ އަހަރު 74 މިސްކިތް އަޅައި، މި ސަރުކާރުން 90 މަޝްރޫއުއެއްގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށްޓަކައި މިހާރު ކުރިއަށްގެންދާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަަދު އަށް ރަތް ދޫލައިން ވަނީ މަރުހަބާ ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވޭތުވެދިޔަ އަހަރު 74 މިސްކިތް އަޅައި، މުޅިއަކު 90 މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި މިދިޔަ އަހަރު، 19.4 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަކުރި ކަމަށާއި މި އަހަރު އެ މަސައްކަތަށް 15 މިލިއަން ހަމަޖައްސައިފައިވާނެ ކަމަށް ވެޒް އެމަނިކުފާނު ވިދާޅުވިއެވެ.
”ހާފިޒުންގެ އަގު ވަޒަންކޮށް، ގުރުއާން ހިތުދާސް ކުރުމަށް ހިތްވަރު ދިނުމަށް ހާފިޒުންނަށް ދޭ ފައިސާގެ އަދަދު މިދިޔަ އަހަރު 2،000އިން 4،000 ރުފިޔާއަށް ވާނީ ބޮޑުކޮށްފަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ތަމްރީނު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިހާރު ކުރާނެ ކަމަށް ވެސް ރައީސް އިއުލާންކުރެއްވިއެވެ.



