މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ގދ.ވާދޫން ހައްޔަރުކުރި މީހާ ޝަރުޠުތަކަކާއެކު ދޫކޮށްލައިފި އެވެ.
23 އަހަރުގެ ފިރިހެންމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަ އެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނުނުކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ.
މިމައްސަލައިގައި މިރޭ ފުލުހުން ބުނެފައިވަނީ، އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓާށް ހާޒިރު ކުރުމުން ޝަރުޠުތަކަކަށްފަހު އޭނާ ދޫކޮށްލާފައިވާަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށާއި އެފަދަ ވިޔަފާރިތައް ކުރަމުންދާ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ޑްރަގް އެންފޯސްމެންޓް އިން ދަނީ މާލެއާ އަތޮޅުތެރޭގައި ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ރޭވެސް ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 8 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.



