ރަމަޟާން މަހާ ދިމާކޮށް ވެމްކޯއިން ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީއާއި، ހުޅުމާލެ އަދި ވިލިމާލޭގައި 08 ފެބްރުއަރީ 2026 އިން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ކުންފުނިން ކުނި ނަގާނެ ގަޑިތައް ހާމަކޮށްފައެވެ.
އެގޮތުން 8 ފެބްރުއަރީ އިން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަ ރޯދަ ނިމެންދެން މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 8:30 އިން ދަންވަރު 2:00 އާ ދެމެދުގައެވެ.
މުލަ ރޯދަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަ ރޯދަ ނިމެންދެން ވިލިމާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 9:00 އާއި 1:00 އާ ދެމެދުގައެވެ.



