ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ބޭނުންކުރަމުންދާ ވަޓްސްއެޕްގެ ސްޓޭޓަސްގައި، އިންސްޓަގްރާމެކޭ އެއްގޮތަށް ”ކްލޯޒް ފްރެންޑްސް“ ނުވަތަ ގާތް ރަހުމަތްތެރިންނަށް އެކަނި ފެންނަ ގޮތަށް ސްޓޭޓަސް ލެވޭ ފީޗަރއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މެޓާ ކުންފުނިން ބުނިގޮތުގައި މި ފީޗަރގެ ސަބަބުން، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް އެ މީހުންގެ ސްޓޭޓަސް އަޕްޑޭޓްތައް ހިއްސާކުރާނެ މީހުން ކަނޑައެޅުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ. މިއީ ވަކި ޚާއްސަ ބަޔަކަށް ނުވަތަ ގާތް މިތުރުންނަށް އެކަނި ފެންނަ ގޮތަށް ޕްރައިވެޓްކޮށް ސްޓޭޓަސް ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ ފީޗަރ އެއް ކަމަށް ވެސް މެޓާއިން ބުންޏެވެ.
ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ”ޑަބްލިޔުއޭބީޓާއިންފޯ“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އާ ފީޗަރ ފެނިފައިވަނީ އެންޑްރޮއިޑް ބީޓާ ވާޝަން (2.26.5.13) ގައެވެ. މި ފީޗަރ ބޭނުންކޮށްގެން ކޮންމެ ފަހަރަކު ޕްރައިވެސީ ސެޓިންގްސް ބަދަލުކުރުމުގެ ބަދަލުގައި، ”ކްލޯޒް ފްރެންޑްސް“ ލިސްޓެއް ހަދާލެވޭނެއެވެ.
މި ލިސްޓަށް މީހުން އިތުރުކޮށް އުނިކުރުން، ސްޓޭޓަސް ޕްރައިވެސީ ސެޓިންގްސް ނުވަތަ ސީދާ ސްޓޭޓަސް ސްކްރީން މެދުވެރިކޮށް ވެސް ކުރެވޭނެއެވެ.
މި ލިސްޓަށް މީހުން އިތުރުކޮށް އުނިކުރުން، ސްޓޭޓަސް ޕްރައިވެސީ ސެޓިންގްސް ނުވަތަ ސީދާ ސްޓޭޓަސް ސްކްރީން މެދުވެރިކޮށް ވެސް ކުރެވޭނެއެވެ.
މި ފީޗަރ ވަޓްސްއެޕުން ތައާރަފްކުރަން ތައްޔާރުވަމުން އަންނައިރު ސޯޝަލް މީޑިއާގެ ދެން އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އިންސްޓަގްރާމްގައި މިހާރުވެސް މި ފީޗަރ ދަނީ ބޭނުން ކުރަމުންނެވެ.



