ޗައިނާގެ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް މިއަދު ފަށައިފިއެވެ.
ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން މިއަދު ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ2500 އަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ. އަދި އެ އެއާލައިނުން ރާއްޖެ އައި 174 ފަސިންޖަރުންނަށް އެމްއޭސީއެލްއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮންގްކޮންގް އިން ސީދާ މާލެއަށް، ކޮންމެ ދުވަހަކު އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެކެވެ.
ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮންގް އިން ސީދާ މާލެއަށް ދަތުރުތައް ފެށި ދެވަނަ އެއާލައިނެވެ.




