ސްރީލަންކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ”ބޭސިކް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ކޯސް–3“ (ލެވެލް 2) ގެ ނަމުގައި ކޯހެއް ހިންގައިފި އެވެ.
2024 މާރިޗު 24 އިން މޭ 11 އަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 27 ސިފައިން ވަނީ ދަސްވެނިވެފައެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ، ލާންސް ކޯޕްރަލް މުޙައްމަދު ސާވިން (ސނ. 8327) އެވެ. އަދި، ޕްރައިވެޓް ފާތިމަތު ޝަހުދާ އަބޫބަކުރު (ސނ.8714) ކޯހުން ދެވަނަ ހާސިލުކުރިއިރު، ކޯހުން ތިންވަނަ ހާސިލުކޮށްފައިވަނީ ސްޓާފް ސާޖަންޓް މުޙައްމަދު ރަފީޤް (ސނ.6361) އެވެ.
މި ކޯސް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓަކްޓަރުންނާއި، ކޯހުގެ ކޯސް އޮފިސަރ، ލެފްޓިނެންޓް ޚާތިމް އަޙްމަދުއެވެ.
އީއޯޑީ ލެވެލް 2 ކޯހަކީ ކޮންވެންޝަނަލް އެމިއުނިޝަން ޑިސްޕޯސަލްއާއި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އުނގަންނައިދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.
މި ކޯހުގައި ކިޔަވައިދެވިފައިވާ ދާއިރާތަކުގެ ތެރޭގައި އެކްސްޕްލޯސިވްސް، ޑިމޮލިޝަން، ބޫބީ ޓްރެޕްސް، އާމްސް އެންޑް އެމިއުނިޝަން، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް، ސަރޗް ޓެކްނިކްސް އަދި މައިން ވޯފެއަރ ހިމެނެއެވެ.


