ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސަރވިސަސް ޒޯން(އެސްއީއެފްއެސްޒެޑް) ތަރައްގީކުރުމަށް ދުބާއީގެ ކުންފުންޏާކާއި ހަވާލުކޮށްފި އެވެ.
ކ. ފުނަދޫގައި، ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއް ތަރައްގީކުރުމަށާއި، އިހަވަންދިއްޕޮޅުގައި ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ، ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަޝްރޫއާއިބެހޭ އެމްއޯޔޫގައި އިފްޒާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕިޓާސަން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މިއަދު ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ މިއަދު ސޮއި ކުރި އެމްއޯޔޫގެ ދަށުން ދުބާއީ ކުންފުންޏާއެކު، ކުރިޔަށް އޮތް 5 މަސްދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އާދެވޭނެކަމުގައެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިފްޒާ ކުންފުނީގެ ޗެއަރމަން މާޓިން ގްރެގާސް ޕެޑެސެން ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން އިންވެސްޓަރުންނާއެކު މަސައްކަތްކޮށްގެން އިފްޒާގެ ފަރާތުން ރާއްޖެއަށް ގިނަ އިންވެސްޓްމެންޓުތަކެއް ހޯދައި ދެވޭނެ ކަމަށެވެ.
ކ. ފުނަދޫ ހުސްކުރުމަށްފަހު އެތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި އެރަށުގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.



