ނަރުހުން އަދާކުރައްވަމުން ދަނީ ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މެސެޖުގައި ވަނީ ނަރުހުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އެގޮތުން ނަރުހުންނަކީ ސިއްހީ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބޭ ބައެއްކަން ފާހަގަ ކުރައްވައި،އެ ބޭފުޅުން އަދާ ކުރައްވަމުން ގެންދަވަނީ ގައުމީ ވާޖިބެއް ކަމަށް ވިދާޅުވި އެވެ. އަދި، އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަން ފާހަނގަކުރެއްވި އެވެ.
ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހެވެ.



