މާލެ ކައިރީގައި އޮތް ދޯންޏެއްގައި ގަދަޔަށް ރޯވެ އަނދަމުން އެބަދެއެވެ.
ރޯވެފައިވާ އެ ދޯނިން ބޯކޮށް ދުން އަރަމުން ދާއިރު އަލިފާންގަނޑު ފެންނަން ހުރީ ދޯނީގެ އިންޖީނާ ދިމާލުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު މިއަދު 14:54 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، 15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯޯވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި ކުރުނބާ ރިސޯޓުގެ އުޅަނދެއްގައި ދަތުރުކުރަމުންދާ ކަމަށެވެ.




