ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ނަކުލް ކޭ ސީ (23އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ 12އަމުރުކޮށްފައެވެ.
މި މައްސަލައާއި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދައިން ސްކޭމް ކުރާ މައްސަލަތައް މިފަހަކަށް އައިސް ވަރަށް ބޮޑެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ވެސް ގިނަ ބަޔަކު ސްކޭމް ކުރާކަން ވަނީ ފެންމަތިވެފައެވެ.



