105 ޕޮލިސް ސްޓޭޝަނަކަށް އިންޓަނެޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.
ފުލުހުން ބުނީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފައިވާ މަރުކަޒުގެ ތެރެއިން މިހާތަނަށް އިންޓަނެޓްގެ ޙިދުމަތް 105 ތަނެއްގައި އަދި ގާއިމުކުރެވިފައި ނެތް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެތަންތަނަށް އެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 9790052 މި ނަމްބަރަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ.




