އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރަމަޟާންމަހު ހެޔޮއަގުގައި ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23 ބާވަތެއް އިތުރުކޮށް އެކަން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭގެ އެއް މަސްފަހުން މިބާވަތްތައް ބާޒާރަށް ނެރެ ވަނީ ވިއްކަން ފަށާފައެވެ.
އޭގެތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގާއި ބިސް އަދި އަލުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތާއި، ހަނޑޫ، ހަކުރު، ފުށް ހިމެނޭހެން 26 ބާވަތެއް އެސްޓީއޯގެ އައުޓުލެޓްތަކުން މިރަމަޟާންމަހު ހެޔޮ އަގުގައި ލިބޭނެ ކަމަށެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ މޭވާގެ ބާވަތްތައް:
° ދޮންކެޔޮ
° އާފަލު
° އޮރެންޖު
° ލުނބޯ
° ޖުމްހޫރީމޭވާ
° އަނބު
° ފަޅޯ
° ކަރާ
° މިރުސް
° މޭބިސްކަދުރު
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ތަރުކާރީގެ ބާވަތްތައް:
° ރަތް ފިޔާ
° އިނގުރު
° ކެރެޓު
° ބަށި
° ކައްޓަލަ
° ލޮނުމެދު
° އަލުވި
° ކެބެޖު
° ބަރަބޯ
° ބޯވެލި
އިތުރު ބާވަތްތައް:
° ރީނދޫ މުގު
° ކުކުޅު ބިސް
° ކާށި



