މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލެ ފޭސް-1 އިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި 8 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހަތް ފިރިހެނުންނާއި، އަންހެނެެކެވެ.މި އެންމެންނަކީ ވެސް ދިވެހިންކަމަށް އެރޭ ފުލުހުން ބުނި ނަމަވެސް އަތުލައިގަތް މަސްތުވާތަކެތީގެ ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މި މައްސަލައިގަ މިއަދު ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ހައްޔަރުކުރި 8 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 7 މީހެއްގެ ބަންދަށް ހަތްދުވަސް އަދި އެކަކަށް 3 ދުވަހުގެ މުއްދަތެއް ބަންދަށް ޖަހާދީފައިވާކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ބުނެފައި ވެއެވެ.



