ބަނޑޭރިކޮށީގައި ހުންނަ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
އެ ހަށިގަނޑު ފެނިފައިވަނީ، އެ ސަރަހައްދުން ކުނި ވަސް ދުވާތީ ފުލުހުންނަށް ބަޔަކު ރިޕޯޓު ކޮށްގެން އެ އެޕާޓްމެންޓު ބަލައިފާސް ކުރުމުން ކަމަށް ފުލުހުން ވިދާޅުވި އެވެ.
މަރުވެފައިވަނީ އުމުރުން 30 އަަހަރުގެ ދިވެހި ފިރިހެއްނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ބުނީ، އެމީހާ މަރުވެފައި އޮއްވާ ފެނުނު އެޕާޓްމެންޓަކީ މީހުން ދިރިނޫޅެ، ހުސްކޮށްފައިވާ އެޕާޓްމެންޓެއްކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުޤީގު ކުރުމުން އަންނަކަމަށް ފުލުހުން ބުންޏެވެ



