ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ފިލައިގެން އުޅޭ ޒުވާނަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.
ފޮޓޮއާއި ވަނަވަރު އާންމުކޮށް ފުލުހުން ހޯދަމުންދަނީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. އެއީ އަލީ އާނިމް ނަމަކަށް ކިޔާ ލ އަތޮޅު ގަން، މުކުރިމަގު މީހެކެވެ.
އޭނާ ހޯދަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެގެން، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. އެހެންކަމުން ފުލުހުންވަނީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އަންގައި އެކަން އާންމުކޮށް އިއުލާނުކޮށްފަ އެވެ.
އެ އިއުލާނުގައި ވަނީ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މިމަހުގެ 21 ވަނަ ދުވަހުގެ 11:00 ޖަހާއިރަށް ސަރޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އޭނާއަށް އަންގާފަ އެވެ.



