ހުޅުމާލޭގެ ހޮަޓަލެއްގައި ބިދޭސީއަކާއި ދިވެއްސެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން، އޭގައި ޝާމިލުވި ދިވެހި ޒުވާނާ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.އަދި މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރެއް ނެރެދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މާރާމާރީގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 00:26 ހާއިރުކަމަށެވެ. މި މާރާމާރީގައި އެއްވެސް މީހަކު ޒަޚަމްވިކަމެެއް އެނގިފައެއް ނުވެއެވެ. މިހާދިސާގައި ޝާމިލުވި ބިދޭސީ މީހާއާއ، އެ މާރާމާރީގެ އިތުރު ސަފުސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.




