އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިކޮށްލާފައިވާ ކަން އީރާންގެ ދައުލަތުގެ ޓީވީން ދާދި ދެންމެ އަކު އިއުލާންކޮށްފިއެވެ.
އާޔަތުﷲ އަވަހާރަކޮށްލާފައިވާ ކަން އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އާއި ފާރިސް ނިއުސް އެޖެންސީން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ގައުމުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަވުމާ ގުޅިގެން ގައުމީ ހިތާމައިގެ 40 ދުވަސް ވަނީ އިއުލާންކޮށްފައެވެ. އަދި ކުރިއަށް އޮތް 7 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅާފައެވެ.
ނިރުބަވެރި އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން މި ހަމަލާގައި ޚާމަނާއީގެ އިތުރުން އޭނާގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ވަނީ އަވަހާރަވެފައެވެ. އޭގެ ތެރޭގައި ދަރިކަނބަލުންނާއި، ދަނބިދަރިކަނބަލުންގެ އިތުރުން ކާފަ ދަރިކަނބަލުން ހިމެނެއެވެ.
އީރާންގެ ރޫހާނީ ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ އިތުރުން، ގައުމުގެ ހުރިހާ މުހިންމު ނިންމުންތަކެއް ނިންމަވާ އެންމެ މަތީ ފަރާތެވެ.




