މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން ގުޅުމަށް ހޮޓްލައިނެއް އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފިއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ހޮޓްލައިން ގާއިމު ކުރެވުނީ މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ ފަރާތްތަކާއި، ޢުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު މައްކާގައި ތިބި އެންމެހާ ފަރާތްތަކުން، އެފަރާތްތަކަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން މަޢުލޫމާތު ޙިއްސާކުރުމާއި މަޢުލޫމަތު ހޯދުމަށެވެ.
މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ހޮޓްލައިން ނަމްބަރަކީ:
- ހޮޓްލައިން ނަންބަރު: 3007070
- ދިވެހިރާއްޖެއިން ބޭރުން ގުޅާނަމަ: +(960)3007070
އަދި ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477)) އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329)) އަށް ވީ އެންމެ އަވަހަކަށް އެންގުމަށް މިނިސްޓްރީން އެދިފައިވެއެވެ.
މިިނިސްޓްރީން ބުނީ، މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ.




