ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، ބޭންކުގެ ޚިދުމަތްތައް ވަކި ގަޑިތަކެއްގައި ލިބުނުކަމުގައި ވިޔަސް އާއްމުކޮށް އެ ބޭންކުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެކަމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބީއެމްއެލްގެ ބްރާންޗުތަކުން ހިދުމަތް ހޯދަން ބޭނުންވާނަމަ މާރިޗު މަހުގެ 11 އަދި 18 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:30 ގެ ނިޔަލަށް ހިދުމަތް ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.
މީގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ މުއްދަތުގައި ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ، ހެންދުނު 9:30 އިން ފެށިގެން 12:30 އަށް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.




