ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް، ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ފާހަނގަ ކުރަމުންދާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.
އެމަނިކުފާނުގެ މެސެޖުގައި، ގައުމީ ލޯތްބާއި ގައުމީ ހިދުމަތާއި ގައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަން ބަޔާކުރައްވާފައި ވެއެވެ. ހަމަ އެހެންމެ، ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
1993 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް މޭމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެގޮތުގައެވެ. މި އަހަރުގެ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ ޝިއާރަކީ ”މޫސުމީ ބަދަލުތަކާއި ގުޅިގެން ޢާއިލާތަކަށް ކުރާ އަސަރު“ އެވެ.



