މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައި މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހީމް ނަބީހު ނަސީމް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، އިބްރާހީމް ނަބީހް ނަސީމް ތައިލެންޑުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ ޑޮން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



