މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން މިއަދު ހަވީރު ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ މިއަދު ހަވީރު 4:00 އިން 4:30 އާ ދެމެދު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް ސަރަޙައްދުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އަދި، މި މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ސްޓެލްކޯއިން ވަނީ، މިކަމުން ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފަ އެވެ.
ސްޓެލްކޯއިން ދަނީ ދުވަސްތަކަށް ބަހާލައިގެން މާލޭ ސަރަހައްދުގެ އެކި ސަރަަހައްދުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.



