ހުޅުމާލޭ ގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައިވަނީ ބިދޭސީ ފިރިހެނެއްކަން ފުލުހުން ކަށަވަރުކޮށްދިންނަމަވެސް އެއީ، ކޮންގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ބުނެފައެއް ނުވެއެވެ.
ފުލުހުން ބުނީ އެމީހާ ފެނުނީ ހުޅުމާޅެ ފޭސް-1 ގެ ސަހަރާ ކުރިމަތީ މަގުގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން ކަމަށެވެ. އޭނާ ޚަބަރު ހުސްވެފައި އޮތްވާ ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ރިޕޯޓްކޮށްފައިވާ ކަމަށްް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.



