އެލައިޑް އިންޝުއަރެންސް އިން އެލައިޑްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން، އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ ”އެލައިޑް އައިފޯން ޑްރޮޕް“ ގިވްއަވޭ ކެމްޕެއިން ފަށައިފިއެވެ.
މިއީ އެއްމަސް ދުވަހަށް ކުރިއަށްދާ ކެމްޕެއިނެކެވެ.
މިއަދުން ފެށިގެން 10 އޭޕްރިލް 2026 ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިނުގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޝަރުތުތަކަކީ:
° އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް allied.mv@ ފޮލޯކުރުން.
° މި ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި 6 އެކުވެރިން ޓެގްކުރުން.
° އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކުރުން.
މި ޕްރޮމޯޝަނުގައި ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 މީހަކު ޓެގްކުރަން ޖެހޭނެ ކަމަށް އެލައިޑުން ބުންޏެވެ. އަދި ގިނަ ކޮމެންޓްތައް ކުރުމުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން، ޕްރައިވެޓް އެކައުންޓް ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުއްވުމުން ބައިވެރިވުން ކަށަވަރުވާނެ ކަމަށް އެލައިޑުން ބުންޏެވެ.




