މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއްޔެ 5،594 ޓަނުގެ މުދާ ކްލިއާ ކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިސް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ ކޮންޓެއިނަރާއި ކޮންވެންޝަނަލް ކަގޯގެ ގޮތުގައި 5،594 ޓަނުގެ ތަކެތި ކްލިއާ ކޮށްފައިވެއެވެ. އެއީ 272 ކޮންސައިންމެންޓުގެ މުދަލެވެ.
އިއްޔެ ކްލިއާކުރި މުދަލުގެ ތެރެއިން އެންމެ ގިނައީ ބިސް ކަމަށްވާއިރު، ޖުމްލަ 5،494 ކޭސް ބިސް ވަނީ ބަނދަރުން ނެރެފައެވެ. މީގެ އިތުރުން ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ވަނީ ކްލިއާ ކޮށްފައެވެ.
އޭގެ ތެރޭގައި
- ކަރާ: 1،140 ބަސްތާ
- ފިޔާ: 2،446 ބަސްތާ
- ދޮންކެޔޮ: 471 ބަސްތާ
- އަލުވި: 919 ބަސްތާ
- ޓޮމާޓޯ: 1،134 ބަސްތާ
- އަލަނާސި: 1،158 ބަސްތާ
- ކެބެޖް: 638 ބަސްތާ
- ބަރަބޯ: 82 ބަސްތާ
- ހަނީ މެލަން: 10 ބަސްތާ
- ބަށި: 100 ބަސްތާ
- ކިއުކަމްބާ: 124 ބަސްތާ
- ފެހި މިރުސް: 32 ބަސްތާ
- އަނބު: 10 ބަސްތާ
- ރޮކް މެލަން: 6 ބަސްތާ
- ބީޓް ރޫޓް: 17 ބަސްތާ
- ފަޅޯ: 288 ބަސްތާ
- އަންނާރު: 5 ބަސްތާ
- ސުއީޓްމެލަން: 252 ބަސްތާ
- ފެފޫ: 11 ބަސްތާ
- ކޮވައްކާ: 2 ބަސްތާ
- ލުނބޯ: 10 ބަސްރާ
- މުރަނގަ ތޮޅި: 2 ބަސްތާ
- އަލަ: 10 ބަސްތާ
- އަނބު: 10 ބަސްތާ
- ކުދި ފިޔާ: 2 ބަސްތާ
- ޕެޝަން ފުރުޓް: 1 ބަސްތާ
ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރަށް މުދާ އެތެރެކުރާ މިންވަރު، ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާ މަހަކަށް ވާއިރު، ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގު ފަހިކުރުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މިގޮތުން، އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ރައްކާތެރިކަމާއެކު އަވަހަށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވެސް އެ ކުންފުނިން ވަނީ ގާއިމުކޮށްފައެވެ.



