ތިން ރަށެެއްގެ ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި އިންތިޚާބުކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން އަންަނަ ޖޫންމަހުގެ 15 ވަަނަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފި އެވެ.
އިސީން ބުނީ، ޖޫން 15 ވާ ހޮނިހިރު ދުވަހު، ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަަމަޖެހިފައިވާ ކަމަށެވެ.
ގުރުއަތުނެގުން ބާއްވާނީ އެ ބައި-އިލެކްޝަން ބާއްވާ ކައުންސިލްތަކުގެ އިދާރާގައި އެދުވަހުގެ މެންދުރުފަހު ދޭއް ޖަހާއިރު އެވެ. އިލެކްޝަންސްއިން ބުނީ، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގަންނަވަން ވާނެކަމަށެވެ. އަދި، ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން ގުުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ދޭނެކަމަށެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންކަމަށް ބުނެފައި ވެއެވެ.




