މާލެ ސަރަހައްދުގެ 4 ތަނެއްގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ކުޑަ އީދު ނަމާދު ކުރާ މިސްކިތްތަކާއި މައިދާންތަކުގެ ލިސްޓު އާންމުކޮށްފައެވެ.
އީދު ނަމާދު ކުރާ މައިދާންތައް:
1- މާފަންނު ސްޓޭޑިއަމް
2- ވިލިމާލެ ފުޓްބޯޅަ ދަނޑު
3- ހުޅުމާލެ 1 ސިންތެޓިކް ޓްރެކް
4- ހުޅުމާލެ 2 މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައި
މިނިސްޓްރީން އިތުރަށް ބުނީ، މާލޭގެ 17 މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތުގައި އާއި ހުޅުމާލެ 1 ގެ ފަސް މިސްކިތަކާއި ހުޅުމާލެ 2 ގެ ދެ މިސްކިތުގައި ވެސް އީދު ނަމާދު ކުރާނެ ކަމަށެވެ.
މިހާރު ޢީދު ނަމާދުގެ ޖަމާއަތް ފަށަނީ ހެނދުނު 7:00 ގައެވެ.



