ފެނަކައިގެ އިސްވެރިން، ކ.ހުރާގައި ހުންނަ އެކުންފުނީގެ އިންޖީނުގޭގެ ހާލަތު ބައްލަވާލައްވައިފި އެވެ.
ފެނަކައިން ބުނެފައިވަނީ އިއްޔެ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޒުހުރީ އާއި، އިތުރު އިސްވެރިންތަކެއް ކ.ހުރާއަށް ދަތުރުފުޅެއް ކުރެއްވި ކަމަށެވެ. އަދި، މިދަތުރުފުޅުގައި ހުރާގައި ގާއިމުވެތިބި އެކުންފުނީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައި ވާކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ފެނަކައިގެ އެމްޑީއާއި އިސްވެރިން، ހުރާއަށް ކުރެއްވި މިދަތުރުގުޅުގައި،އެ ރަށުގެ ޕަވަރ ހައުސްގެ ހާލަތު ބައްލަވާލައްވާ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.
ހުރާ އިންޖީނުގެ ފެނަކައިގެ ދަށަށް ގެނައީ 2022ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.ފެނަކައިގެ ބެލުމުގެދަށަށް އެތަން ގެނައުމަށްފަހު ވަރަށްބޮޑަށްވަނީ ތަރައްގީކޮށްފަ އެވެ.



